ފިޠުރު ޒަކާތ

download (1)ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަ ހިފާނިމުމާއިގުޅިގެން އަދާކުރުން ވާޖިބުވެގެންވާ ޞަދަޤާތެކެވެ. ފަރުޟު ޒަކާތްތުގެދެބައި ހިމެނެއެވެ. އެއީ މުދަލުގެ ޒަކާތާއި ފިޠުރު ޒަކާތެވެ. ރަމަޟާންމަސް ނިމުމާގުޅިގެންދެވޭ މިޒަކާތަށް ފިޠުރު ޒަކާތޭ ކިޔުނީ ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ނިމުމާއިގުޅުވައިގެންނެވެ.

ފިޠުރު ޒަކާތް ފަރުޟުކުރެއްވުނީ ކޮންއިރަކު؟

   ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވާ ގޮތުގައި، ފިޠުރު ޒަކާތް ފަރުޟު ކުރެވުނީ، ހިޖުރައިން ދެވަނަ އަހަރުއެވެ. އެއީ، ރަމަޟާންމަހުގެ ރޯދަވެސް، ފަރުޟު ކުރެވުނު އަހަރެވެ.

   ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށްވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. މިކަން ބަޔާންކުރައްވާ، ރަސޫލުޞައްލަ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވާ ކަމަށް، (عَبْدُ الله إبْن عُمَر)ރިވާ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ހަމަކަށަވަރުން، ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަ، މީސްތަކުންގެ މައްޗަށް ރަމަޟާންމަހު، ފިޠުރު ޒަކާތް ފަރުޟު ކުރައްވާފައިވެއެވެ. އެއީ ކަދުރުން ނުވަތަ ގޮދަނުން، ޞާޢެއްގެ މިންވަރެވެ. މުސްލިމުންކުރެ ކޮންމެ ފިރިހެނަކާއި، އަންހެނެއްގެ މައްޗަށާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށްވާ ވާޖިބެކެވެ.”

ފިޠުރު ޒަކާތް ނެރެންޖެހޭ ވަޤުތު

   ފިޠުރު ޒަކާތް ނެރުން ވާޖިބު ވަޤުތަކީ، ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ، ޢީދު ނަމާދަށް ދިއުމާއި ދެމެދުގައެވެ.  

   ފިޠުރު ޒަކާތް އަދާކުރުން ސުންނަތް ވަޤުތަކީ، ޢީދު ދުވަހުގެ ހެނދުނު، ޢީދު ނަމާދަށް ދިއުމުގެ ކުރިންނެވެ.
   (صَحِيْح الْبُخَارِيّ)ގެ ރިވާޔަތެއްގައިވެއެވެ. “ކީރިތި ރަސޫލާ އަމުރު ކުރައްވައިފައިވަނީ، ފިޠުރު ޒަކާތް، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރިން އަދާކުރުމަށެވެ.”

   ފިޠުރު ޒަކާތް، ޢީދު ނަމާދަށްވުރެ ފަހުން އަދާ ކުރުމަކީ، މަކުރޫހަ ކަމެކެވެ. އަދި ޢީދު ދުވަހަށްވުރެ ފަސްކޮށްފިނަމަ، އެމީހަކު ފާފަވެރިވާނެއެވެ. އަދި ޤަޟާކުރުން ލާޒިމުވާނެއެވެ.

   ފިޠުރު ޒަކާތަކީ، ރަމަޟާންމަހު ރޯދަ ހިފުމުގެ އަޅުކަން ނިމުމާއި ގުޅިގެން، އަށް ޝުކުރު ކުރުމުގެ ގޮތުން އަދާކުރާ އެއްޗެކެވެ. އެއީ، ޢީދު ދުވަހު ތިމާއަށް ލިބޭ ޢީދުގެ އުފަލުގައި، ތިމާގެ އެހެން މުސްލިމް އަޚުންނާއި، އުޚުތުންވެސް، ބައިވެރި ކުރުމަށްޓަކައެވެ.ފަޤީރުންނާއި، ނިކަމެތިންގެ މަތިން، އެ އުފާވެރި ދުވަހު ހަނދުމަކޮށް، ތިމާމެންގެ މުދަލުގައިވާ އެފަދަ މީހުންގެ ޙައްޤުތައް އެމީހުންނަށް ދިނުމަށްޓަކައެވެ.

 އެކަކު އަނެކަކަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ އިސްލާމްދީން ވަރަށް ބާރު އަޅުއްވާފައިވާ ކަމެކެވެ.

   މާތް، އިންސާނުންނަށް ނިޢުމަތް ދެއްވުމުގައި، ތަފާތު ދަރަޖަތަކަށް ބައްސަވާފައިވެއެވެ. ރިޒުޤު ލިބެނީ، އެންމެންނަށް އެއްވަރަކަށް ނޫނެވެ. ތަނަވަސްކަމާއި، މަތިވެރި މަޤާމުތައްވެސް، ދެއްވަނީ، އެކި މީހުންނަށް އެކި މިންވަރަށެވެ. މީގެ ބޭނުމަކީ، އިންސާނުން،  ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުމެވެ. އެނިޢުމަތްތައް ހެޔޮ ގޮތުގައި ބޭނުން ކުރުމެވެ. އަދި، އެނިޢްމަތްތަކުގައިވާ، އެހެން މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. އަދި އިންސާނުން އިމްތިޙާން ކުރެއްވުންވެސް މެއެވެ.

   އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާގެ ޙަޔާތްޕުޅުންނާއި، އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުތަކުން، ޞަދަޤާތް ކުރުމާއި، ގެ މަގުގައި، މުދާ ހޭދަކުރުމުގެ މަތިވެރި ފިލާވަޅުތައް ލިބޭން އެބަހުއްޓެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ، އަތްޕުޅަށް އެއްޗެއް އަރުއްވާ އިރަށް، ވަޤުތުން އެއެއްޗެއް ޞަދަޤާތް ކުރައްވައެވެ. ހަމައެހެންމެ، އަބޫ ބަކުރުގެފާނާއި، ޢުމަރުގެފާނު، އަދި ޢުޘްމާނުގެފާނުގެ ދީލަތިފުޅުކަމުގެ ވާހަކަތައް، ތާރީޚު ފޮތްތަކުގައި ވަރަށް ތަފްޞީލުކޮށް ލިޔެވިފައިވެއެވެ. އެބޭކަލުން، ބައެއް ފަހަރަށް، އެބޭކަލުންގެ މުޅި މުދާގަނޑު، ގެ މަގުގައި ހޭދަކޮށްލައްވައެވެ.

   އަޅުގަނޑުމެންނަށް،  ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން، ގެ މަގުގައި، ގިނަގިނައިން ހޭދަކުރަމާތޯއެވެ؟ ގެ މަގުގައި ހޭދަކުރުމުގައި، ދަހިވެތި ނުވަމާތޯއެވެ؟ އެއިރުން، އެކަލާނގެ އަޅުގަނޑުމެންނަށް އިތުރަށް ދެއްވާނެއެވެ. މުދަލުގައި ބަރަކާތް ލައްވާނެއެވެ. އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރުވުމަށް މަގު ފަހިވާނެއެވެ. އަދި ދަހިވެތިކަމުގެ ސުންޕާ ބަލިން، އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނެއެވެ.

   ޞަދަޤާތްކުރުމަކީ، އިޖްތިމާޢީ ގުޅުން ވަރުގަދަވެ، މުސްލިމުންގެ މެދުގައި، އުޚުއްވަތްތެރިކަމާއި ދީނީ ލޯބި، އުފެދިގެން ދާކަމެކެވެ. މިހެންވެ، ގިނަގިނައިން ޞަދަޤާތްދީ، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، އެހެންމީހުންނަށް އެހީތެރިވެ އުޅުމަށް، މާތް އާއި އެކަލާނގެ ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވެއެވެ.

   މާތް، އަޅުގަނޑުމެންނަށް ދެއްވާފައިވާ މުދަލުން، އެކަލާނގެ މަގުގައި ހޭދަކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!