އަމާނާތްތެރިކަން

263191651_01fd71d0ca_m1އަމާނާތްތެރިކަމަކީ ޚިޔާނާތުގެ އިދިކޮޅެވެ. އަމާނާތްތެރިކަމަކީ ވަރަށް ފުޅާ މާނައެއްގައި، އަދި އެތައް ވައްތަރެއް ހިމެނޭ ކަމެކެވެ. މިގޮތުން:

(1) އެންމެ ބޮޑު އަމާނާތަކީ ދީނެވެ. އެއީ އެދީނުގައި އަންގަވާފައިވާގޮތަށް އުޅުމާއި، ދީން އެހެންމީހުންނަށް ފޯރުކޮށްދިނުމެވެ.

(2) ﷲ ދެއްވި ކޮންމެ ނިޢުމަތަކަށް އަމާނާތްތެރިވުން. ފެނުމާއި، އިވުމާއި، އަތާއި ފަޔާއި އަދި މިނޫން އެންމެހާ ނިޢުމަތްތަކެކެވެ. މި ނިޢުމަތްތައް ﷲ ރުއްސަވާގޮތަށް މެނުވީ ބޭނުން ނުކުރުމަކީ އަމާނާތްތެރިވުމެވެ.

(3) އަބުރާއި ޢިއްޒަތަކީ އަމާނާތެކެވެ. ތިމާގެ އަބުރާއި ޢިއްޒަތް ދިފާޢުކުރުމަކީ އަމާނާތްތެރިވުމެކެވެ.

(4) ދަރިންނަކީ އަމާނާތެކެވެ. އެކުދިން ރައްކާތެރިކުރުމާއި، ތަރުބިއްޔަތުކުރުމަކީ އަމާނާތެކެވެ.

(5) އެމީހަކާ ޙަވާލުކުރެވޭ ވަޒީފާއަކީ އަމާނާތެކެވެ. އެކަމަށް ފަރުވާކުޑަކުރުމަކީ ޚިޔާނާތެކެވެ. عنأبيهريرةرضياللهعنهقال : قالصلىاللهعليهوسلم: ((إذاضُيِّعَتِالأَمَانَةُفَانْتَظِرِالسَّاعَةَ، قال: وَكَيفَإِضَاعَتُهايارسولالله؟ قال: إِذَااُسْنِدَالأَمْرُإِلىَغَيْرِأَهْلِهِ، فَانْتَظِرِالسَّاعَة)) މާނައީ: ރަސޫލާ  ޙަދީޘް ކުރެއްވިއެވެ. “އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ފަހެ ޤިޔާމާތަށް އިންތިޒާރުކުރާށެވެ.” ސުވާލުކުރެއްވިއެވެ. ﷲގެ ރަސޫލާއެވެ! އަމާނާތް ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ކަންކަން އެކަމުގެ އަހުލުވެރިން ނޫން މީހުންނާ ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ.”

(6) ސިއްރުތަކަކީ އަމާނާތެކެވެ. މީހެއްދެކެ އަންނަރުޅިންވެސް ސިއްރު ފާޅުކުރުމަކީ ޚިޔާނާތެކެވެ.

(7) ރައްކާކުރުމުގެ ގޮތުން ޙަވާލުކުރެވޭ މުދަލާއި، ފައިސާފަދަ ތަކެއްޗަށް އަމާނާތްތެރިވުންވެއެވެ.

އަމާނާތްތެރިވުމަށް އަންގަވާފައިވުން:

(1) ﷲ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّاللَّـهَيَأْمُرُ‌كُمْأَنتُؤَدُّواالْأَمَانَاتِإِلَىٰأَهْلِهَا)) ﴿النساء: ٥٨﴾މާނައީ: “ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّهތިޔަބައިމީހުންނަށް أمرކުރައްވަތެވެ.”

(2) އަމާނާތްތެރިކަމަކީ މުއުމިނުންގެ ޞިފައެއް ކަން ބަޔާންކުރައްވާފައިވެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَهُمْلِأَمَانَاتِهِمْوَعَهْدِهِمْرَ‌اعُونَ)) ﴿المؤمنون: ٨﴾ މާނައީ: “އަދި އެއުރެންނީ އެއުރެންގެ أمانةތަކަށާއި އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.”

(3) ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ((أدِّالأمانةإلىمَنائتمنك، ولاتَخُنمَنخانك)) މާނައީ: “ތިބާއަށް އަމާނާތް ޙަވާލުކުރިމީހަކަށް އަމާނާތް އަދާކުރާށެވެ. އަދި ތިބާއަށް ޚިޔާނާތް ތެރިވިމީހަކަށް ޚިޔާނާތްތެރިނުވާށެވެ.”