ނަރަކަ

images (2)ނަރަކައީ ﷲ ތަޢާލާ އެކަލާނގެ އަށް ކާފަރުވާ މީހުންނާއި އަދި އެކަލާނގެ ޝަރީޢަތާއި ދެކޮޅު ހަދާމީހުންނާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގު ކުޅަ މީހުންނަށް ޢަޛާބު ދެއްވުމަށް އެކަލާނގެ ހައްދަވާފައިވާ ތަނެވެ. އަދި ﷲ ގެ އަދުއްވުންނަށް ހުރި ޢަޛާބުގެ ގޮވައްޗެވެ. އަދި މުޖްރިމުން އެތަނެއްގައި ހައްޔަރު ކުރެވޭނެ ޖަލެވެ.

އެއީ ބޮޑުވެގެންވާ ނިކަމެތިކަމާއި އަދި ހަލާކެވެ، އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް އަދި ހަލާކެއް ނުވެއެވެ.

ނަރަކައިގައިވާ ވޭންދެނެވި ޢަޛާބާއި އަދި ނިކަމެތިކަމަކީ މީހެއްގެ ގަލަމުން އަދި ދުލަކުން ޞިފަނުކުރެވޭނެ އެއްޗެއް ކަމުގައި ވާއިރު،  މިސިފަކޮށްދިން ނޫން ގޮތަކަށް ނަރަކަ ވާނީ ކިހިނަކުން ހެއްޔެވެ؟ އަދި ނަރަކައީ ދާއިމަށް ދެމިއޮންނަ ތަނެކެވެ. އަދި އެނަރަކައިގެ އަހުލުވެރިން އެތަނުގައި  އަބަދަށް ދާއިމަށް ދެމިތިބޭނެއެވެ. ﷲ ތަޢާލާ ވަނީ އެމީހުންނަކީ ކުއްވެރިންކަން އަދި އެމީނުނަށް ޙައްގު ވާތަނަކީ ނަރަކަމަށް ޙުކުމްކޮށް ނިންމާފައެވެ.

((إِنَّهَاسَاءَتْمُسْتَقَرًّاوَمُقَامًا)) [سورةالفرقان 66]

މާނައީ:”ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.”

((هَـٰذَا ۚ وَإِنَّلِلطَّاغِينَلَشَرَّمَآبٍ ﴿55﴾ جَهَنَّمَيَصْلَوْنَهَافَبِئْسَالْمِهَادُ )) [سورةص 55,56]

މާނައީ:”ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، ކާފިރުވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. (އެއީ) ޖަހަންނަމެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!”