އެއްބަޔަކު އަނެއްބަޔަކަށް ރަޙުމުކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ

No Comments »

  hands-300x240 ލިބިފައިވާ މަޤާމެއްގެ ސަބަބުން ނުވަތަ މުއްސަދި ކަމެއްގެ ސަބަބުން ބޮޑާވެ ކިބުރުވެރި ވެގަންނަ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. އެއްވެސް މީހަކީ ތަޤުވާވެރިކަމުން މެނުވީ އަނެއްމީހާގެ މައްޗަށް ﷲ ތަޢާލާގެ ހަޟްރަތުގައި މާތްކަން ލިބޭނޭމީހެއްނޫނެވެ. ﷲ ތަޢާލާ ދުނިޔެވީ ނިޢުމަތްތައް އެކި މީހުނަށް އެކި މިންވަރަށް ދެއްވަނީ އޭގެ ސަބަބުން މީސްތަކުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ.

ޝައްކެއްވެސް ނެއްގޮތުގައި އަޅުގަނޑުމެން ހުރިހައި ޙާލަތްތަކެއްގައިވެސް ނަމޫނާއަކަށް ބަލަންޖެހޭނީ ، މުއުމިނުންގެ ނަމޫނާއެއްގެ ގޮތުގައި ﷲ ތަޢާލާ އިޚްތިޔާރު ކުރެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަ ކަން ކަށަވަރެވެ. އެކަލޭގެފާނަކީ ﷲ ތަޢާލާގެ ރަސޫލާ އަދި ނަބިއްޔާއެވެ. އުއްމަތުގެ އިމާމެވެ. އިސްލާމީ ދަވްލަތުގެ ވެރިޔާއެވެ. ނަމަވެސް އެކަލޭގެފާނަށް ﷲ ތަޢާލާ މި ދެއްވާފައިވާ މަތިވެރިކަމުގެ ސަބަބުން ބޮޑާވެގަތުމެއް އަދި ކިބުރުވެރުކަމެއް ނުދައްކަވައެވެ. މީސްތަކުންނާއި މުޢާމަލާތް ކުރެއްވީ އޯގާތެރި ކަމާއި ޙިކުމަތްތެރިކަމާއި އެކުއެވެ.

ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لَقَدْجَاءَكُمْرَ‌سُولٌمِّنْأَنفُسِكُمْعَزِيزٌعَلَيْهِمَاعَنِتُّمْحَرِ‌يصٌعَلَيْكُمبِالْمُؤْمِنِينَرَ‌ءُوفٌرَّ‌حِيمٌ﴿١٢٨ سورةالتوبةމާނަ : ” ތިޔަބައިމީހުންގެ ތެރެއިންވާ رسولއަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ. “

ބޮޑާވެ ކިބުރުވެރިކަމާއި އެކު މީސްތަކުންނާއި މުޢާމަލާތްކުރާނަމަ ، އެހެން މީހުން ތިބާދެކެ ފޫހިވާނެއެވެ. ތިބާގެ ބާރާއި ނުފޫޒު ގެއްލިގެން ދާދުވަހު އެހެން މީހުން ތިބާއަށް އެއްވެސް އިޙްތިރާމެއް ނުކުރާނެއެވެ.

އެހެންކަމުން ، އެހެން މީހުންގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ރަޙުމު ބޭނުންކަމުގައި ވާނަމަ އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންފަދަ އެހެން އަޚުންނަށް އޯގާތެރިވެ ރަޙުމުކުރުމެވެ. ތިމާގެ މައިންބަފައިންނަށެވެ. އަޚުންނާއި އުޚުތުންނަށެވެ. އަނބިމީހާ އާއި ދަރިންނަށެވެ. ދަންނަ މީހުނާއި ނުދަންނަ މީހުނަށެވެ. ނިކަމެތި މީހާ އިތުރަށް ނިކަމެތި ކޮށްލުމުގެ އުޞޫލު އަޅުގަނޑުމެން ދޫކޮށްލަން ވެއްޖެއެވެ.

އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނުގެ ކާފަ ދަރިކަލެއްކަމުގައިވާ الحَسَنْبُنعَلِيރަޞިޔަﷲ ޢަންހުމާ ގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. އެވަޤުތު އަލްޢަޤްރައު ބުން ޙާބިސް އެތަނުގައި އިންނެވިއެވެ. އަދި ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންނައަށް ދިހަ ދަރީން ލިބިފައިވެއެވެ. އަދި ދުވަހަކަވެސް އެތަނުން ކުއްޖެއްގައި ގައި ތިމަން ބޮސްނުދެމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެކަލޭގެފާނާއި ދިމާއަށް ބައްލަވާލައްވާފައި ހަދީޘް ކުރެއްވިއެވެ. مَنْلاَيَرْحَمُلاَيُرْحَمُ. ” رواهالبخاريމާނަ : ” (އެހެން މީހުންނަށް)ރަޙުމު ނުކުރާ މީހަކަށް ،(އެހެންމީހުންގެ ފަރާތަކުން) ރަޙުމެއްނުލިބޭނެއެވެ.”

އަޅުގަނޑުމެންގެ ދަރީންގެ ކިބައިން ، އަޅުގަނޑުމެން މުސްކުޅިވާ ދުވަހު އޯގާތެރިކަމާއި އަޅާލުން ލިބުމަށް އަޅުގަނޑުމެން އެބަ އުންމީދުކުރަމުއެވެ. އެހެންކަމަށް ވާނަމަ މިއަދު އެކުދިންނަށް ރަޙުމުކުރާށެވެ. ލޯތްބާއި އަޅާލުންދޭށެވެ. ޤިޔާމަތް ދުވަހުގައި ނަރަކައިގެ އަލިފާނުގެ ތެރެއަށް އެކުދިން ވަދެގެން ހިނގައިދާނެ ކޮންމެ މަގެއް އެކުދިންނަށްޓަކައި ބަންދުކުރަން އެބަޖެހެއެވެ. ރަނގަޅު ތަރުބިއްޔަތަކުން އެކުދިން ތަރުބިއްޔަތުކުރަން އެބަޖެހެއެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲތަޢާލާގެ ރަޙްމަތް އަޅުގނޑުމެންނަށް  ލިބިގެންދާނެއެވެ.