ކާމިޔާބީއަށް ވާޞިލުވުމަށް މަގެއް

ދުނިޔޭގައި އަޅުގަނޑުމެންގެ ދުވަސްތައް ގުނަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މުހިއްމު ލަނޑުދަނޑިތަކެއް ޙާޞިލުކުރަން ބޭނުންވާމީހެކެވެ. ތިމާކުރާ ކަމަކީ ބޭކާރު ކަމެއްކަމުގައި ވުމަކަށް ނޭދޭނެއެވެ. އެކުރާކަމެއްގެ މޭވާ ނުލިބި އެކަމުން ދުރުވާކަށް ބޭނުމެއްނުވާނެއެވެ. ބުރަމަސައްކަތާއެކު، އެމަސައްކަތުގެ މޭވާ ދޮންވެ ފައްކާނުވެ، އެމޭވާގެ ހިތިކަން އިޙްސާސްކުރަންޖެހުމަކީ ލިބޭނޭ އެންމެބޮޑު ހިތާމައެވެ.

ކަމެއް ޙާޞިލުކުރުމަށްޓަކައި މަސައްކަތްފަށާ ކޮންމެ މީހަކަށް އެމަސައްކަތުގެ ފޮނިމޭވާއާ ހަމައަށް ވާޞިލެއްނުވެވެއެވެ. ވަކިހިސާބަކުން އެކަމަކާމެދު މީހާ މާޔޫސްވެއެވެ. ނުވަތަ ކާމިޔާބީގެ މަގަށް ތަފާތު ހުރަސްތައް ކުރިމަތިވުމުގެ ނަތީޖާއަކަށް ވެގެންދަނީ ނުރުހުނު ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލުމެވެ. ދޮންކޮށް ފޮނިކުރަން ބޭނުންވި މޭވާ، ހިތި ވަނދުވެފައިވާ މޭވާއަކަށް ބަދަލުވެގެން ދިޔުމެވެ. އިތުރަށް ވިދާޅުވޭ >>>

މައިންބަފައިންގެ ހައްގުތައް

ދަރިންގެ މައްޗަށް މައިންބަފައިން މާތްވެގެންވުމާމެދު އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. މައިންބަފައިންނަކީ ކުދިން ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މާތްﷲ މެދުވެރިކުރެއްވި ފަރާތެވެ. އަދި އެ ދެމީހުންނަށްޓާކައި ވަރަށް ބޮޑު ހައްގުތަކެއް ދަރިންގެ މައްޗަށް ވެއެވެ.ފަހެ ހަމަކަށަވަރުން އެދެމީހުން ކުޑައިރު ބަލާބޮޑުކުރިއެވެ. ދަރިފުޅަށްޓަކާ އެދެމީހުން ރޭގަނަޑު ހޭލާތިބެއެވެ. އޭނާގެ މަންމަ އޭނާ ނުވަމަސްވަންދެން  ބަނޑުގައި އުފުލިއެވެ. އެ މުއްދަތު ތެރޭގައި އެ ދަރިފުޅު ކެއުމާއި ދަރިފުޅުގެ ސިއްހަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދެމުންގެންދިޔައީ ހަމއެކަނި އެ މަންމައެވެ. ކީރިތި ﷲ މި ބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) އިތުރަށް ވިދާޅުވޭ >>>

މަރުޙަބާ

އެމްވީ ސްޓަޑީ ގައިޑްގެ އިސްލާމިކް ސްޓަޑީޒް ސެކްޝަނަށް މަރުޙަބާ. މި ވެބްސައިޓަކީ އިސްލާމިކް ސްޓަޑީޒް ކިޔަވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ތައްޔާރު ކުރެވޭ ވެބްސައިޓެކެވެ. ސައިޓަށް ޒިޔާރަތް ކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.