އެއްބަޔަކު އަނެއްބަޔަކަށް ރަޙުމުކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ

  hands-300x240 ލިބިފައިވާ މަޤާމެއްގެ ސަބަބުން ނުވަތަ މުއްސަދި ކަމެއްގެ ސަބަބުން ބޮޑާވެ ކިބުރުވެރި ވެގަންނަ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. އެއްވެސް މީހަކީ ތަޤުވާވެރިކަމުން މެނުވީ އަނެއްމީހާގެ މައްޗަށް ﷲ ތަޢާލާގެ ހަޟްރަތުގައި މާތްކަން ލިބޭނޭމީހެއްނޫނެވެ. ﷲ ތަޢާލާ ދުނިޔެވީ ނިޢުމަތްތައް އެކި މީހުނަށް އެކި މިންވަރަށް ދެއްވަނީ އޭގެ ސަބަބުން މީސްތަކުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ.

ޝައްކެއްވެސް ނެއްގޮތުގައި އަޅުގަނޑުމެން ހުރިހައި ޙާލަތްތަކެއްގައިވެސް ނަމޫނާއަކަށް ބަލަންޖެހޭނީ ، މުއުމިނުންގެ ނަމޫނާއެއްގެ ގޮތުގައި ﷲ ތަޢާލާ އިޚްތިޔާރު ކުރެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަ ކަން ކަށަވަރެވެ. އެކަލޭގެފާނަކީ ﷲ ތަޢާލާގެ ރަސޫލާ އަދި ނަބިއްޔާއެވެ. އުއްމަތުގެ އިމާމެވެ. އިސްލާމީ ދަވްލަތުގެ ވެރިޔާއެވެ. ނަމަވެސް އެކަލޭގެފާނަށް ﷲ ތަޢާލާ މި ދެއްވާފައިވާ މަތިވެރިކަމުގެ ސަބަބުން ބޮޑާވެގަތުމެއް އަދި ކިބުރުވެރުކަމެއް ނުދައްކަވައެވެ. މީސްތަކުންނާއި މުޢާމަލާތް ކުރެއްވީ އޯގާތެރި ކަމާއި ޙިކުމަތްތެރިކަމާއި އެކުއެވެ.

ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لَقَدْجَاءَكُمْرَ‌سُولٌمِّنْأَنفُسِكُمْعَزِيزٌعَلَيْهِمَاعَنِتُّمْحَرِ‌يصٌعَلَيْكُمبِالْمُؤْمِنِينَرَ‌ءُوفٌرَّ‌حِيمٌ﴿١٢٨ سورةالتوبةމާނަ : ” ތިޔަބައިމީހުންގެ ތެރެއިންވާ رسولއަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ. “

ބޮޑާވެ ކިބުރުވެރިކަމާއި އެކު މީސްތަކުންނާއި މުޢާމަލާތްކުރާނަމަ ، އެހެން މީހުން ތިބާދެކެ ފޫހިވާނެއެވެ. ތިބާގެ ބާރާއި ނުފޫޒު ގެއްލިގެން ދާދުވަހު އެހެން މީހުން ތިބާއަށް އެއްވެސް އިޙްތިރާމެއް ނުކުރާނެއެވެ.

އެހެންކަމުން ، އެހެން މީހުންގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ރަޙުމު ބޭނުންކަމުގައި ވާނަމަ އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންފަދަ އެހެން އަޚުންނަށް އޯގާތެރިވެ ރަޙުމުކުރުމެވެ. ތިމާގެ މައިންބަފައިންނަށެވެ. އަޚުންނާއި އުޚުތުންނަށެވެ. އަނބިމީހާ އާއި ދަރިންނަށެވެ. ދަންނަ މީހުނާއި ނުދަންނަ މީހުނަށެވެ. ނިކަމެތި މީހާ އިތުރަށް ނިކަމެތި ކޮށްލުމުގެ އުޞޫލު އަޅުގަނޑުމެން ދޫކޮށްލަން ވެއްޖެއެވެ.

އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނުގެ ކާފަ ދަރިކަލެއްކަމުގައިވާ الحَسَنْبُنعَلِيރަޞިޔަﷲ ޢަންހުމާ ގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. އެވަޤުތު އަލްޢަޤްރައު ބުން ޙާބިސް އެތަނުގައި އިންނެވިއެވެ. އަދި ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންނައަށް ދިހަ ދަރީން ލިބިފައިވެއެވެ. އަދި ދުވަހަކަވެސް އެތަނުން ކުއްޖެއްގައި ގައި ތިމަން ބޮސްނުދެމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެކަލޭގެފާނާއި ދިމާއަށް ބައްލަވާލައްވާފައި ހަދީޘް ކުރެއްވިއެވެ. مَنْلاَيَرْحَمُلاَيُرْحَمُ. ” رواهالبخاريމާނަ : ” (އެހެން މީހުންނަށް)ރަޙުމު ނުކުރާ މީހަކަށް ،(އެހެންމީހުންގެ ފަރާތަކުން) ރަޙުމެއްނުލިބޭނެއެވެ.”

އަޅުގަނޑުމެންގެ ދަރީންގެ ކިބައިން ، އަޅުގަނޑުމެން މުސްކުޅިވާ ދުވަހު އޯގާތެރިކަމާއި އަޅާލުން ލިބުމަށް އަޅުގަނޑުމެން އެބަ އުންމީދުކުރަމުއެވެ. އެހެންކަމަށް ވާނަމަ މިއަދު އެކުދިންނަށް ރަޙުމުކުރާށެވެ. ލޯތްބާއި އަޅާލުންދޭށެވެ. ޤިޔާމަތް ދުވަހުގައި ނަރަކައިގެ އަލިފާނުގެ ތެރެއަށް އެކުދިން ވަދެގެން ހިނގައިދާނެ ކޮންމެ މަގެއް އެކުދިންނަށްޓަކައި ބަންދުކުރަން އެބަޖެހެއެވެ. ރަނގަޅު ތަރުބިއްޔަތަކުން އެކުދިން ތަރުބިއްޔަތުކުރަން އެބަޖެހެއެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲތަޢާލާގެ ރަޙްމަތް އަޅުގނޑުމެންނަށް  ލިބިގެންދާނެއެވެ.

ޙަޔާތެއް ބާއްޖަވެރި ކުރުމުގައި ތިމާގެ ޒިންމާ

ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ.

 އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ.

 

 އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَأَنْفُسُهُمْ وَهُمْ كَافِرُونَ ” (التوبة: 55)
ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ.”

ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

 وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْتَحْتِي أَفَلاَ تُبْصِرُونَ ” (الزخرف: 51)
އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟

މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ.
އިތުރަށް ވިދާޅުވޭ >>>

ކާމިޔާބު މީހުންގެ ކަލިމަ

images (5)އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވެ؟ އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ.

ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. ތަފާތު މީހުން ތަފާތު ގޮތްގޮތްތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދައެވެ. ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް ވާންޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތަށްވެސް ހެއްދެވިފަރާތެއް ވާނެކަމެވެ. ކޮންމެއަކަސް އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބުދެވޭނީ ޙައްޤުގެ ދީނުގެ ތެރެއިންލާފައެވެ. ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތް ތަކުގެ ތެރެއިން ސޫރަތެއް ކަމުގައިވާ العصر ސޫރަތުގައި މާތް الله ވަނީ މާނައިން ފުރިގެންވާ ބަސްފުޅެއް ވަޙީ ކުރައްވަވާފައެވެ. ވަގުތު ގަންދެއްވުމަށް ފަހު ދެން ވަޙީކުރަށްވަނީ ހަމަކަށަވަރުން އިންސާނާ ވަނީ ހަލާކުގެ ތެރޭގައި ކަމަށެވެ. އެ ހަލާކުން ސަލާމަތް ވަނީ އިމާންވެ ހެޔޮ ޢަމަލު ކުރިމީހުންނާއި ޙައްޤަށާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން އެކަންޏެވެ. އަދި މާތް الله ރޫމް ސޫރަތުގެ 27 ވަޙީކުރެއްވިއެވެ.

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ

އަދި އެކަލާނގެ އީ ޚަލުޤު ތަކުން ހައްދަވަން ފެއްޓެވި ރަސްކަލާނގެ އެވެ، އެއަށް ފަހު އެތަކެތި ޚލްޤު ކުރެއްވުން ތަކުރާރު ކުރައްވައެވެ. އެކަމަކީ އެކަލާނގެއަށް ނުހަނު ލުއިފަސޭހަކަމެކެވެ.”

އިތުރަށް ވިދާޅުވޭ >>>

ކީރިތި ގުރުޢާނާ މެދު ވިސްނާލާށެވެ

images (11)އިންސާނާ މިދުނިޔެއަށް ފޮނުއްވުމަށްފަހު އުޅެންވީގޮތާއި ނޫޅެންވީގޮތްވަނީ އަންގަވާފައެވެ. އަދި ކޮންމެ އިންސާނަކަށްވެސް އޭނާގެ ޙަޔާތް ވޭތިކުރާނެ ގޮތުގެ ފުރިހަމަ އިޚްތިޔާރުލިބިގެން ވެއެވެ. އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުއާނާއި އެމާތް ނަބިއްޔާގެ ސުންނަތުގައި ހިފައިފި މީހަކު ގެއްލި ހަލާކުވެ ނުދާނެކަން ޔަޤީނެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލެއްވި ކަލާމްފުޅާއި މެދު ވިސްނާ ފިކުރުކުރުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

(أَفَلَايَتَدَبَّرُونَالْقُرْآَنَأَمْعَلَىقُلُوبٍأَقْفَالُهَا) [سورةمحمد٢٤]

މާނައީ : “ފަހެ ޤުރުއާނާއި މެދު އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ. ނުވަތަ އެބައިމީހުންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައި ވަނީ ހެއްޔެވެ.”
އެހެންކަމަށް ވީހިނދު މި އަމުރުފުޅު ތަންފީޒުކުރެވޭތޯ އެބަ ބަލަންޖެހެއެވެ. އެއިލާހުގެ މި ކަލާމްފުޅުގެ އެންމެހާ އާޔަތްތަކާއި މެދު ވިސްނާ ފިކުރުކޮށްފި މީހަކަށްވެސް އެއިލާހުގެ ކުޅަދުންވަންތަކަމުގެ އަލިގަދަ އެތައް ހެކިތަކެއް ފެނިގެން ދާނެއެވެ.
ހަމަކަށަވަރުން ޤުރުއާން ބާއްވާލެއްވިފައިވަނީ އޭގައި ވާ ގޮތަށް ޢަމަލު ކުރުމަށެވެ. ނަމަވެސް މީސްތަކުން އެފޮތަށް ޢަމަލުކުރުން ކަމުގައި މި ހެދީ ހަމަ އެކަނި އެ ފޮތް ކިޔަވާލުން ކަމުގަ އެވެ.”
އަޅުގަނޑުމެންގެ ޙާލަކީ ކޮބައި ތޯއެވެ؟ އަޅުގަނޑުމެން އެޤުރުއާނާއި އެއްގޮތަށް ޢަމަލު ނުކުރާ ޙާލު އެ ޤުރުއާން ނުވެސް ކިޔަވަނީއެވެ. އެހެންކަމަށް ވީ ހިނދު ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި އެބަ ސުވާލުކުރަން ޖެހެއެވެ.އަޅުގަނޑުމެން ޙަޔާތުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު މި ޤުރުއާން އެއްކޮޅުން އަނެއް ކޮޅަށް ކިޔުނީ ކިތަށް ފަހަރު ތޯއެވެ؟ މިފަދަ މާތް އެހެން ފޮތެއް ނުވާ ހިނދުގައި މިފޮތުން ދަސްކުރެވުނީ ކިހާމިންވަރެއްތޯއެވެ؟
އަޅުގަނޑުމެންގެ މައްޗަށް ބާއްވާލެއްވުނު ޤުރުއާން ކިޔެވުން އެއީ ހަމައެކަނި ރޯދަމަހަށް ޚާއްޞަކަމެއް ގޮތުގައި ނުހަދާށެވެ. ނުވަތަ ހަމައެކަނި ހިތާމައެއް، މުޞީބާތެއް ޖެހުމުން ކިޔާލެވޭ ފޮތެއްކަމުގައި ނަހަދާށެވެ. މިއަދުން ފެށިގެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންވީ ޙަޔާތުން ދުވަހެއް ނިމިގެން ދާއިރުގައި މަދުވެގެން ކިތަންމެ ކުޑަ މިންވަރެއްނަމަވެސް ޤުރުއާނުން ކިޔެވުމަށެވެ. އަދި އެ ކިޔަވާ މިންވަރެއްގެ މާނަ ބަލައި އާޔަތުގައި ބުނާ އެއްޗަކަށް ވިސްނާ ފިކުރު ހިންގުމަށެވެ. އެއީ ޞަފުޙާއެއް ކަމުގައި ވިޔަސް ނުވަތަ ސޫރަތެއް ކަމުގައި ވިޔަސް ހަމަ އެންމެ ރަނގަޅެވެ. އަޅުގަނޑުމެން މުސްލިމުން މިޤުރުއާނާއި މެދު ވިސްނާ ފިކުރު ނުކޮށް އަދި މިއާއި އެއްގޮތަށް ޢަމަލުނުކުރާނަމަ އަޅުގަނޑުމެންނެކޭ ޣައިރު މުސްލިމުން ނެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަޅުގަނޑުމެން މި ފޮތަށް ޢަމަލުނުކުރާނަމަ ދެން މިފޮތަށް ޢަމަލުކުރާނީ ވަކި ކޮންބައެއް ހެއްޔެވެ؟

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

  images

ޒަވާޖީޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭމީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ.
އުފާވެރި ޢާއިލާއަކީ، އެޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ދާނަމެވެ. ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތަކުގެ ތެރެއިން ބައެއްމުހިއްމު ސިފަތައް މިދަންނަވާލަނީއެވެ.
1 – ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުކުރުން:
ދެމަފިރީން އެކަކުއަނެކަކަށް ޝައްކުނުކޮށް، ފުރިހަމަ އިތުބާރާއެކު ޒަވާޖީޙަޔާތް ވޭތިކުރަމުންދިޔުން އެއީ އުފާވެރި ޒަވާޖީ ޙަޔާތެއްގައި ހުރުން ލާޒިމު ސިފައެކެވެ. އަދި އެކަކު އަނެކަކަށް އިތުބާރު ކުރެވޭނީ، އިތުބާރު ލިބޭނޭގޮތަށް ދިރިއުޅުމުގެ ކަންތައްތައް ބަހައްޓައިގެންނެވެ.
2 – އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދައްކާ މުޢާމަލާތުކުރުން:
ދުރުމީހުންނާއި ރައްޓެހި ރަޙުމަތްތެރިންނާ އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދެކެވޭއިރު، ފިރިމީހާ ނުވަތަ އަނބިމީހާއާ އަދި ދަރީންނާ އެގޮތަށް ވާހަކަނުދެއްކޭންވީ ސަބަބެއްނެތެވެ. މިހެން މިކަން އޮތްއިރު މިއަދުން ފެށިގެން، ވިސްނުމާ އޯގާތެރިކަމާ އިޙްތިރާމާއެކު ޙަޔާތުގެ ބައިވެރިޔާއާއި ދަރީން އަދި ޢާއިލާމީހުންނާއެކު ވާހަކަދެއްކުމަށް ހިތުގައި ޢަޒުމްކަނޑައަޅާށެވެ. އަދި ދައްކާ ވާހަކަތައް ތަކުރާރުނުކުރާށެވެ. އަދި އެމީހުންނަށް ބިރު ނުދައްކާށެވެ. އެހެނީ ބިރު ދެއްކުމުން އިތުރު މައްސަލަތައް ޖެހުންނޫން ކަމެއްނުވާނެއެވެ. އަދި ޖަދަލުނުކޮށް، ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށް ގިނަގިނައިން ނަޞީޙަތްތެރިވެ، އެކަމުގެ ފައިދާ ތަޖުރިބާކޮށްލާށެވެ.
3 – ކައިވެނިވެގެން ކިތަންމެ ގިނަދުވަހެއް ވޭތުވެގެން ދިޔަޔަސް ތިބާގެ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށާއި، ހަށިގަނޑާއި ފޭރާން އަދި ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ. އަދި ޚާއްޞަކޮށް ނިދާކޮޓަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެގޮތުން އެހާގިނަދުވަސް ނުކޮށް ނިދާކޮޓަރީގެ ތަރުތީބު ބަދަލުކޮށްލާ ހަދާށެވެ. އަދި އެކަމަށް ސަމާލުކަންދީ ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށްޓަކައި ތިބާ ހޭދަކުރާ ވަޤުތަކީ ބޭކާރު ވަޤުތެއްކަމަށް ނުވިސްނާށެވެ. އަދި އެމީހުންނާ ދޭތެރޭ ރުޅި އިސްނުކުރާށެވެ. އެހެނީ، އެންމެ ވަރުގަދަ މީހަކީ ރުޅިއަންނަ ވަޤުތު ނަފްސު ކޮންޓްރޯލް ކުރާމީހާއެވެ.
4 – ދެމަފިރީންގެ ސިއްރުތައް ފާޅުނުކުރާށެވެ.
ބައިވެރިޔާގެ ކަންތައްތައް ހުންނަގޮތާމެދު ހިތްހަމަ ނުޖެހުނުކަމުގައިވިޔަސް، އޭނާގެ ކިބައިގައި ހުންނަ އުނިސިފަތަކުގެ ވާހަކަ އެހެން މީސްމީހުންގެ ކައިރީގައި ނުދައްކާށެވެ. އެހެނީ، އެކަމުން ވިއްޔާ ވާނީ ގެއްލުމެކެވެ. އަދި އެއީ، އެހެންމީހުންގެ ކުރިމަތީގައި ތިބާގެ އަގު ވެއްޓޭފަދަކަމެކެވެ. އަދި ދަރީންގެ ކުރިމަތީގައި ދެމަފިރީން އަރާރުންވެ ޖަދަލުކޮށް ނުހަދާށެވެ. އަދި ޙަޔާތުގެ ބައިވެރިޔާ އެހެންމީހުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭފަދަ ކަމެއް ތިބާގެ ފުށުން ވިޔަނުދޭށެވެ.
5 – “ވަރި” މިލަފްޒު ތިބާގެ ދުލަށްނުގެނެސް ވޭތޯބަލާށެވެ.
އެހެނީ ވަރިއަކީ ހަމަޖެހުމެއްނޫނެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ވަރިކުރުމަކީ ކުރުން އެދެވިގެންވާ ކަމެއްނޫނެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ވަރިއަށް އެދި އެދި ހުންނަ ނަމަ ނުވަތަ ފިރިމީހާ ވަރިކުރާނެ ކަމުގެ އިންޒާރުދީދީ ހުންނަނަމަ ދަރީންނަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އެކުދީންގެ މަންމައާއި ބައްޕަ ވަކިވެދާނޭކަމުގެ ބިރު އަބަދާއިއަބަދު އެކުދީންގެ ސިކުނޑީގައި ހަރުލާފައިހުރެއެވެ. ނަތީޖާއަކަށްވަނީ އެކުދީންގެ ކުރިމަގަށް ހުރަސްއެޅުމެވެ.
6 – ދޮގުނުހަދާށެވެ.
ﷲ ޙަރާމްކުރެއްވި ކަމެއްގައި މެނުވީ ޙަޔާތުގެ ބައިވެރިޔާއަށް ކިޔަމަންތެރިވެ ތެދުބުނާށެވެ. އަދި ކަމަކާ އޭނާ ރުޅިއައިސްފާނެކަމަށް ހީވާނަމަ، އޭނާ ހިތްހަމަޖެހިފައި ހުންނަ ވަޤުތަކު އެވާހަކަ ދައްކާށެވެ. އަދި އެފަދަ ވަޤުތުތަކުގައި މައްސަލަ ޙައްލު ކުރަން މަސައްކަތްކުރާށެވެ. އަދި ތިބާއަށް ކުށެއް ކުރެވިއްޖެނަމަ ބުނާށެވެ. އަހަރެންނަށް މިގޮތަށް ކުށެއް ކުރެވިއްޖެކަމަށް އެއްބަސްވަމެވެ. އަދި އެކަމަށް އަދަބުނުދޭށެވެ. އޭރުން އެފަދަކަމެއް ފަހުން ނުކުރުމަށް ބާރު އެޅޭނެނޫންހެއްޔެވެ؟ މިފަދައިން ކަންތައް ކުރުމުން އޭނާއަށް ވިސްނޭނެއެވެ. އަދި ދަރީންގެ ކުރިމަތީގައި ޙައްޤު ބަސް ބުނާނަމަ، ދަރީންވެސްވާނީ ޙައްޤު ބަސް ބުނާ ސާދާބަޔަކަށެވެ. ޙައްޤަށް އިޢުތިރާފުވުމަކީ ހެޔޮކަމެކެވެ.
7 – ހަފުތާއަކު އެއްފަހަރު ނަމަވެސް ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް ޖަމާވެ، ވާހަކަ ދައްކާލުމަށް ސަމާލުކަންދޭށެވެ.
އަދި މަންމައާއި ބައްޕަގެ ޚިޔާލުފާޅުކުރާށެވެ. އަދި ދަރީންނަށްވެސް އެކުދީންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭށެވެ. އަދި އަބަދު އެކުދީންގެ އުނިސިފަތަކުގެ ވާހަކަ ނުދައްކާށެވެ. އެހެނީ އޭރުން އެކުދީންގެ އުނިކަން އަބަދު އިޙްސާސް ކުރެވޭގޮތްވެއެވެ. އެހެންކަމުން ކަންތައްތައް ކުރަންވާ ގޮތާއި ރަނގަޅު ގޮތްތައް ބުނެދީ، އެގޮތަށް ދަރީން ކަންތައްތައް ކުރުމުން އެކަމަށް ތަޢުރީފުކުރާށެވެ. އަދި އަބަދުމެ ﷲ ދެއްވި ނިޢުމަތްތަކަށް ޙަމްދުކުރަން ޢާއިލާގެ މެންބަރުންނަށް ހަނދާންކޮށްދީ، ﷲ ހަނދުމަކުރާށެވެ. އޭރުން، ޢާއިލާގެ ނިޢުމަތް ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދު ކުރެވޭނެއެވެ. އަދި ހިތްހަމަޖެހުމާއި އުފާލިބި ﷲ މަތިން ހަނދުމަ ކުރެވޭނެއެވެ. އަޅުގަނޑު މިލިޔުން ނިންމާލާނީ އެންމެހާ މުސްލިމް ޢާއިލާތަކަކީ އުފާވެރި ބާއްޖަވެރި ޢާއިލާތަކެއް ކަމުގައި ލެއްވުމުގެ ތައުފީޤު ދެއްވުން އެދެމުންނެވެ.

މަޑުމައިތިރިކަން

މަޑުމަތިރިކަމާއި އެކު ބަސްބުނުމަކީ، ޚާއްސަކޮށް ދީނުގެ ދަޢުވަތު ދިނުމުގައި، ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ އޭގެ ސަބަބުން، މީސްތަކުން އެމީހެއްގެ ބަސް ފަސޭހައިން ޤަބޫލުކުރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން، އެބަހާއިމެދު އެ ބަސް ރައްދުވާމީހާ ވިސްނުމަށް ބާރުލިބިގެންދާނެއެވެ. އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމާލާތްކުރުމުގައި މި މަތިވެރި ޞިފައިން ޒީނަތްތެރިވުން އަވްލާކަން ބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( ހަމަކަށަވަރުން ސުވަރުގޭގައި ކޮޓަރިއެއްވެއެވެ. އެކޮޓަރީގެ ބޭރުން އެތެރެ ފެނެއެވެ. އަދި އެތެރެއިން ބޭރު ފެނެއެވެ. )) އެ ހިނދު އަބޫ މޫސަލް އަޝްޢަރީ ރަޟިޔﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮންބަޔަކަށްވާ ކޮޓަރިއެއް ހެއްޔެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( އެއީ ބަސްބުނުމުގައި މަޑުމައިތިރި ބަހުން ބަސްބުނެ އުޅޭ އަދި މީސްތަކުންނަށް ކާއެތިކޮޅު ދީ އަދި ރޭގަނޑު މީސްތަކުން ނިދާފައިތިބޭ ވަގުތު ﷲ ތަޢާލާއަށްޓަކައި ދަމުނަމާދުކޮށް އުޅޭމީހުންނަށެވެ. ))  (1)

މަޑުމައިތިރި ކަމަކީ ތަޤުވާވެރިންގެ ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތަށް ވާޞިލުކޮށްދޭނެ މަތިވެރި ޞިފައެކެވެ. އެފަދަ މީހަކާއި ރަޙްމަތްތެރިވެ ގުޅުންބޭއްވުމަށް މީސްތަކުން ލޯބިކުރާނެއެވެ.

މަޑުމައިތިރިކަމުގެ މި މަތިވެރި ޞިފައިގެ ސަބަބުން، ނަމާދާއި ޤުރުއާން ކިޔެވުމާއި، އަދި އެހެނިހެން އަޅުކަންތަކުގައިވެސް، ޚުޝޫޢަތްތެރިވުމަށް ބާރު ލިބިގެންދާނެއެވެ. ނަމާދުގެ ޞަފުތައް ސީދާކޮށް ހެދުމުގައި، ތިބާގެ އަޚާއަށްޓަކައި ހިތްމަޑުމޮޅިކޮށް ހަދާނަމަ، ޝައިޠާނާ މާޔޫސްވެ ދުރަށްދާނެއެވެ. އޭގެ ސަބަބުން ޞަފުތައް ސީދާވެ ހިތްތަކުގެ މެދުގައި ލޯބިއުފެދި ޢަދދާވާތްތެރިކަން ނެތިގެންދާނެއެވެ.  ބޮޑުންނާއި އާދައިގެ މީހުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މުއްސަދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ތަފާތުވެސް ނެތިގެން ދާނެތެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމާއި މަޢާފު ކުރުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް އެބަޔަކަށް ލިބިގެންދާނެއެވެ.

 

ޣީބައިގެ މާނަ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ

“أَتَدْرُونَ مَا الْغِيبَةُ”

“ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.”  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“ذِكْرُكَ أَخَاكَ بِمَا يَكْرَهُ”

“ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ”

ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ،

“إِنْ كَانَ فِيهِ مَاتَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ”

“އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ، އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުންނަށް އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”

އެހެންކަމުން “ޣީބަ”އިގެ މާނައަކީ މީހަކު ނެތްތާނގައި އޭނާގެ ވާހަކަ، އޭނާ އެތާނގައި ހުރިނަމަ ނުރުހޭނޭ ފަދައިން ދެއްކުމެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި އެފަދަ ކަމެއް ނުވާނަމަ އެވާހަކަ ވާނީ ދޮގަކަށެވެ.

ނޯޓް: މިލިޔުމުގައި ޙަވާލާދެވިފައިވާ ޙަދީޘަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘެކެވެ.

ހަސަދަވެރިވުމަކީ ކޮބާ؟

ތިމާ ފަދަ އަނެއް އިންސާނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމަކީ ހަސަދަވެރިވުމެވެ. ހަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމަށް އެއިލާހުވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވާފައެވެ. އެއީ އުންމަތުގެ އެންމެހާ ފަރުދުންވެސް ޝާމިލުވާ ގޮތުގައި ކުރެވިފައިވާ އަމުރެކެވެ. ﷲ ތަޢާލާ ފަލަޤް ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. ” قُلْ أَعُوذُ بِرَ‌بِّ الْفَلَقِ ﴿١﴾ مِن شَرِّ‌ مَا خَلَقَ ﴿٢﴾ وَمِن شَرِّ‌ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ‌ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ‌ حَاسِدٍ إِذَا حَسَدَ ﴿٥﴾ “ سورة الفلق މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. އަދި ގޮށްގޮށަށް ފުމޭ މީހުން(އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއެވެ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ. ” މީހަކު އަނެއްމީހާއާމެދު ހަސަދަވެރިވެއްޖެ ކަމުގައިވާނަމަ، އެމީހަކަށް ކޮންމެ ފަދަ ނުބައެއް ކުރިމަތިކުރުވާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ތިމާގެ މުސްލިމު އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށްފިނަމަވެސް އެއީ ހަސަދަވެރިވުމެވެ. އެއީ އެ ނިޢުމަތް ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް ނޭދުނުކަމުގައި ވިޔަސް މެއެވެ. އަދި ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށް، އެއީ ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް އެދުމަކީވެސް ހަސަދައެވެ. ހަސަދަވެރިކަމަކީ އިސްލާމް ދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ހުތުރުކަން ބޮޑު ސިފައެކެވެ. ނަމަވެސް ތިމާގެ މުސްލިމް އަޚާއަށް ލިބިފައިވާ ނިޢުމަތެއް، އެ އަޚާގެ ކިބައިން ފިލާދިޔުމަށް ނޭދޭ ހާލު ، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދުމަކީ ހަސަދަވެރިވުމެއްނޫނެވެ. ހަސަވެރިކަމުގެ ނުބައިކަން ބަޔާންކޮށްދެއްވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.” إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ ” سنن أبي داود މާނަ: ” ހަސަދަވެރިވުމާއިމެދު ތިޔަބައިމީހުން ހުށިޔާރުވެ ތިބޭށެވެ! ފަހެ ހަމަކަށްވަރުން ހަސަދަވެރިކަން ހެޔޮޢަމަލުތައް ނެތިކޮށްލަނީ އަލިފާނުން ދަރު އަނދައިގެންދާހާ ފަސޭހަކަމާއެކުއެވެ. “

ކާމިޔާބީއަށް ވާޞިލުވުމަށް މަގެއް

ދުނިޔޭގައި އަޅުގަނޑުމެންގެ ދުވަސްތައް ގުނަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މުހިއްމު ލަނޑުދަނޑިތަކެއް ޙާޞިލުކުރަން ބޭނުންވާމީހެކެވެ. ތިމާކުރާ ކަމަކީ ބޭކާރު ކަމެއްކަމުގައި ވުމަކަށް ނޭދޭނެއެވެ. އެކުރާކަމެއްގެ މޭވާ ނުލިބި އެކަމުން ދުރުވާކަށް ބޭނުމެއްނުވާނެއެވެ. ބުރަމަސައްކަތާއެކު، އެމަސައްކަތުގެ މޭވާ ދޮންވެ ފައްކާނުވެ، އެމޭވާގެ ހިތިކަން އިޙްސާސްކުރަންޖެހުމަކީ ލިބޭނޭ އެންމެބޮޑު ހިތާމައެވެ.

ކަމެއް ޙާޞިލުކުރުމަށްޓަކައި މަސައްކަތްފަށާ ކޮންމެ މީހަކަށް އެމަސައްކަތުގެ ފޮނިމޭވާއާ ހަމައަށް ވާޞިލެއްނުވެވެއެވެ. ވަކިހިސާބަކުން އެކަމަކާމެދު މީހާ މާޔޫސްވެއެވެ. ނުވަތަ ކާމިޔާބީގެ މަގަށް ތަފާތު ހުރަސްތައް ކުރިމަތިވުމުގެ ނަތީޖާއަކަށް ވެގެންދަނީ ނުރުހުނު ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލުމެވެ. ދޮންކޮށް ފޮނިކުރަން ބޭނުންވި މޭވާ، ހިތި ވަނދުވެފައިވާ މޭވާއަކަށް ބަދަލުވެގެން ދިޔުމެވެ. އިތުރަށް ވިދާޅުވޭ >>>

މައިންބަފައިންގެ ހައްގުތައް

ދަރިންގެ މައްޗަށް މައިންބަފައިން މާތްވެގެންވުމާމެދު އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. މައިންބަފައިންނަކީ ކުދިން ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މާތްﷲ މެދުވެރިކުރެއްވި ފަރާތެވެ. އަދި އެ ދެމީހުންނަށްޓާކައި ވަރަށް ބޮޑު ހައްގުތަކެއް ދަރިންގެ މައްޗަށް ވެއެވެ.ފަހެ ހަމަކަށަވަރުން އެދެމީހުން ކުޑައިރު ބަލާބޮޑުކުރިއެވެ. ދަރިފުޅަށްޓަކާ އެދެމީހުން ރޭގަނަޑު ހޭލާތިބެއެވެ. އޭނާގެ މަންމަ އޭނާ ނުވަމަސްވަންދެން  ބަނޑުގައި އުފުލިއެވެ. އެ މުއްދަތު ތެރޭގައި އެ ދަރިފުޅު ކެއުމާއި ދަރިފުޅުގެ ސިއްހަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދެމުންގެންދިޔައީ ހަމއެކަނި އެ މަންމައެވެ. ކީރިތި ﷲ މި ބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) އިތުރަށް ވިދާޅުވޭ >>>